އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާނެ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޔޫތު މިނިސްޓްރީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އާ ގުޅިގެން މާލެ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ އިސްރަށްވެހިންގެ ނާދީގައި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާނެ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

 

މި ބައްދަލުވުމުގައި، އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުމަށް މި އަހަރުތެރޭގައި ކުރާނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. 

މީގެ އިތުރުން އިސްރަށްވެހިން ޝައުގުވެރިވާނެ ގޮތަކަށް ހަރަކާތްތައް އިންތިޒާމުކުރުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

 

މާލެ އަދި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީގައި ތަފާތު ހަރަކާތްތައް މިހާރު ވަނީ ހިންގަމުންނެވެ. އެގޮތުން އިސްރަށްވެހިންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ޔޫތު މިނިސްޓްރީގެ ފަރާތުން ދަނީ ހިންގަމުންނެވެ.