"ބެލެނިވެރިންގެ ހޮޅުއަށި" މިމަހު 24ގައި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން " ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބާ ކްރައިމްތަކާއި، އަދި އެތައް ކަމަކާ ގުޅިގެން އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ.

މިމަހު 24 ވަނަ ދުވަހުގެ ރޭ 20:30 އިން 22:30 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ. 

"ބެލެނިވެރިންގެ ހޮޅުއަށި"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.