ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" ކާމިޔާބުކަމާއެކު ނިންމާލައިފި

ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް ބޭއްވި "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބާއްވާފައިވާއިރު މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ފަދަ ގޭމްތައް ހިމެނެއެވެ.
މި މުބާރާތްތައް ބާއްވާފައިވަނީ މާރިޗު މަހުގެ 12 އިން 14 އަށެވެ.
ކޮންމެ ގޭމެއްގެ 1 ވަނައަށް ދިޔަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު ދެވަނައަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި ތިންވަނައަށް ދިޔަ ފަރާތަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.