ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އަންގައިފި

ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން އަންގައިފިއެވެ.

މިގޮތުން އަޕްޑޭޓް ކުރުމަށް އަންގާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ނޫސް މަޖައްލާގެ ނަން އަދި ޑޮމައިން އާއި މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު ހިމެނެއެވެ.

މީގެ އިތުރުން މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި ނޫސް މަޖައްލާގެ އިދާރާގެ ނަން ހިމެނެއެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ، އެ މައުލޫމާތުތައް 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީގެ އީމެއިލްއަށް  media@youth.gov.mv އަށް ފޮނުވުމަށް ވަނީ އަންގާފައެވެ.