ދީނީ ކުއިޒެއްގައި ބައިވެރިވެ, އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު!

ރަމަޟާން މަހާ ގުޅިގެން ބާއްވާ ދީނީ ކުއިޒެއްގައި ބައިވެރިވެ، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ކުއިޒުގައި އެންމެ ގިނަ ސުވާލުތަކަށް ރަނގަޅަށް ޖަވާބު ދޭ ތިން ބައިވެރިންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކުއިޒުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ބައިވެރިވެވޭނެއެވެ.