ޒުވާނުންގެ ބަދިގެ: ފުރަތަމަ އެޕިސޯޑު މާދަމާ ރޭ!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބާއްވާ "ޒުވާނުންގެ ބަދިގެ" ކައްކާ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު މާދަމާ ރޭ ދައްކަން ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 22:00ގައި ދިވެހި ޗެނަލް އިންނެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ އިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުމެވެ.
މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެންނެވެ.
އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:
· އެޕިސޯޑު 1 : 14 މާރޗް 2025
· އެޕިސޯޑު 2 : 21 މާރޗް 2025
· އެޕިސޯޑު 3 : 28 މާރޗް 2025
· އެޕިސޯޑު 4 : 31 މާރޗް 2025
މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައެވެ.