ކޮމަންވެލްތު ދުވަހާއި ގުޅިގެން ބާއްވާ ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި

ކޮމަންވެލްތު ދުވަހުއާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ބާއްވާ ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިވަނީ މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފައެވެ.

މިކުއިޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މާރޗް 2025 ވަނަ ދުވަހު، ސޯޝަލް ސެންޓަރުގައެވެ.

މި ކުއިޒުގައި ބައިވެރިވެ، އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކުއިޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.