ރޯދަމަހާއި ދިރިއުޅުމުގެ އާދަތަކާ ގުޅޭ އޮންލައިން ސެޝަނެއް!

ރަމަޟާން މަހާ ގުޅިގެން ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:30 އިން 22:30 އަށެވެ.

ސެޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެ ގޮތަކުން ރަޖިސްޓަރ ކުރެވޭނެއެވެ.

އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ 7925704 ނަންބަރަށް ނަމާއި އުމުރު ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ.