"ޕިއަރ އެޑިއުކޭޓަރ" ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް!

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން "ޕިއަރ އެޑިއުކޭޓަރ" ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 20 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް، ސޯޝަލް ސެންޓަރުގައެވެ.
މިޕްރޮގުރާމުގައި ޖުމްލަ 32 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގެ މަޤްސަދަކީ ޒުވާނުންނަށް އެމީހުންގެ މުޖުތަމަޢުގެ ތެރޭގައި ހުރި މައިގަނޑު ނަފްސާނީ އަދި އިޖްތިމާޢީ މައްސަލަތަކަށް އަމާޒުކޮށްގެން ހަރަކާތްތައް ފަރުމާކޮށް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތާއި، ހުނަރުތަކާއި އަދި ވަސީލަތްތައް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާއިރު، ބައިވެރިންނަށް ހިލޭ ކެއުން ވަނީ ހަމަޖެހިފައެވެ.