އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުން
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގާ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދުއެވެ. އަދި ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މި ފަހުނާމާގާ ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒު އާދަމްއެވެ.



























