ޒުވާނުންގެ އިނާމު 2025
ޒުވާނުންގެ އިނާމު 2025 އާ ގުޅިގެން 10 ސެޕްޓެމްބަރު 2025 ގައި މި މިނިސްޓްރީން ކުރެވުނު ނަންބަރު (IUL)493-YE/493/2025/161 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި 07 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް އެޑްރެސް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
09 ރަބީޢުލްއާޚިރު 1447
01 އޮކްޓޫބަރު 2025
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް