ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަން ދިނުމަށް ހުޅުވާލާފައިވުމާ ގުޅޭ

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު 28 އޮގަސްޓް 2025 ގައި ވަނީ ހުޅުވާލާފައެވެ.  މިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު ރާއްޖޭގެމީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ (ނަންބަރު: 2025/G-15އުސޫލު)ގައިހިމެނިފައިވާނެއެވެ. މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް ގެ ލިންކް އަކީ: https://mediaapp.one.gov.mv/ އެވެ.

ވީމާ، މިކަން އަންގައި އިއުލާނު ކުރީމެވެ.

11 ސެޕްޓެންބަރު 2025

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް