ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަން ދިނުމަށް ހުޅުވާލުން

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.  މިކަމަށް އެދި ހުށަހެޅުމުގެ މުއްދަތަކީ 28 އޮގަސްޓް 2025 އިން ފެށިގެން 27 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު ރާއްޖޭގެމީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ އުސޫލު ނަންބަރު: 2025/G-15ގައި ހިމެނިފައިވާނެއެވެ. މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް ގެ ލިންކް އަކީ: https://mediaapp.one.gov.mv/ އެވެ.ވީމާ،މިކަންއަންގައިއިއުލާނު ކުރީމެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް