މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ބައިއިލެކްޝަންގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން
ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ 3 (ތިނެއް) މެންބަރުންގެ ބަދަލުގައި 3 (ތިނެއް) މެންބަރުން (އާންމު މެންބަރަކާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުން) އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު (ބައި- އިލެކްޝަން) އޮންނާނީ 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 – 11:00 އަށް ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައިވާ ޖިމްނޭޒިއަމް ރޫމް (ފިޓްނަސް ރޫމު) ގައެވެ.
ވީމާ، މި އިންތިޚާބުގެ ކަންކަން ކުރިޔަށްދާގޮތް ބެލުމަށްޓަކައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލަމެވެ. އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނޫނީ އިދާރާއެއް ނުވަތަ ޖަމްއިއްޔާ ޖަމާއަތެއް ތަމްސީލް ކުރާ 1 (އެކެއް) ފަރާތަށެވެ. އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު، މި އިއުލާން އާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ފޯމު ފުރުއްވައި 19 ޖޫން 2025 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ ރިސެޕްޝަން (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) އަށް ހުށަހެޅުން އެދެމެވެ. މީގެއިތުރުން މިމިނިސްޓްރީގެ އީމެއިލް: media@youth.gov.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅުއްވޭނެއެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. އިތުރު މައުލޫމާތު ބޭނުންނަމަ ނަންބަރު 4000419 ފޯނަށް ގުޅުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
16 ޖޫން 2025
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް