މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމު ކުރުން

 ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 3 (ތިނެއް) މެންބަރުން (އާންމު މެންބަރަކާއި މީޑިއާތައް ތަމްޘީލްކުރާ ދެ މެންބަރުން)  އިންތިޚާބު ކުރުމަށްޓަކައި މެންބަރު ކަމަށް ކުރިމަތިލުމަށް މިމިނިސްޓްރީން ކޮށްފައިވާ ނަންބަރ :  (IUL)493-MR/493/2025/17 (11 ފެބްރުއަރީ 2025) އިއުލާންއާއި ނަންބަރު:  (IUL)493-MR/493/2025/35  (10 މާޗް 2025) އިއުލާން އަދި ނަންބަރު  : (IUL)493-MR/493/2025/39 (13  މާޗް 2025 ) ގެ އިއުލާން އާއި ނަންބަރު (IUL)493-MR/493/2025/80 (20 މެއި 2025) ގެ އިއުލާނަށް ހަވާލާދީ ދަންނަވަމެވެ. މިއިއުލާންތަކާ ގުޅިގެން މިއިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމާއި ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް، ތިރީގައި މިވަނީއެވެ.

     

     މި އިންތިޚާބު (ބައި- އިލެކްޝަން) އޮންނާނީ 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 – 11:00 އަށް ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ޖިމްނޭޒިއަމް ރޫމްގައެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

04 ޖޫން 2025

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް