ސިވިލް ސޮސައިޓީ އެވޯޑް

   މިއީ ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކުގެ ޤާނޫނު ނަންބަރު  2022/3 ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެކެވެ. މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ. އަދި މިއިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާ ތަކަށް ދެވޭ އިނާމެކެވެ.     

      މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްޢިއްޔާތަކަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ހިމެނެއެވެ.   

      ވީމާ، "ސިވިލް ސޮސައިޓީ އެވޯޑް" އަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  ނުވަތަ މި މިނިސްޓްރީގެ އީމެއިލް: ce@youth.gov.mv މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

       މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެޓޭޗްކޮށްފައި މިވަނީއެވެ.

       މި އިނާމްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 27 މެއި 2025 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ.

ގުޅުންހުރި ފައިލްތައް