މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު (ބައިއިލެކްޝަން) ގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުން
ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 3 (ތިނެއް) މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު (ބައި އިލެކްޝަން) ގައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް 21 އެޕްރީލް 2025 ގައި ކޮށްފައިވާ ނަންބަރު : 55(IUL)493-MR/493/2025/ އިއުލާން އާ ހަވާލާދީ ދަންނަވަމެވެ. މި އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ވުމުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 4 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:30 އަށް އިތުރު ކޮށްފީމެވެ.
ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް، މި އިޢުލާނާއެކުގައި ވާނެއެވެ. މި ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް ގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރިޔާއަށް ނުވަތަ މަސްއޫލުވެރިޔާ ތަމްޘީލް ކުރާ މީހަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 1 (އެކެއް) މީޑީއާ އަށްވުރެ ގިނަ މީޑީއާ ތަމްސީލް ނުކުރެވޭނެއެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ، މަތީގައިވާ މުއްދަތުގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން 13:30 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެއިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ މިމިނިސްޓްރީގެ ނަންބަރު : 4000419 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް