މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު (ބައިއިލެކްޝަން) ގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލުން
ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 3 (ތިނެއް) މެންބަރުން އިންތިޚާބު ކުރަން ބޭނުންވެއެވެ. އެއީ އާންމު މެންބަރަކާއި މީޑިއާތައް ތަމްސީލްކުރާ 2 (ދޭއް) މެންބަރުންނެވެ. މި 3 (ތިނެއް) މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު (ބައި އިލެކްޝަން) ގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް، މި އިޢުލާނާއެކުގައި ވާނެއެވެ. މި ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް ގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރިޔާއަށް ނުވަތަ މަސްއޫލުވެރިޔާ ތަމްޘީލް ކުރާ މީހަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 1 (އެކެއް) މީޑީއާ އަށްވުރެ ގިނަ މީޑީއާ ތަމްސީލް ނުކުރެވޭނެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 2025 އެޕްރީލް 21 - 27 އަށެވެ. މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:30 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެއިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ މިމިނިސްޓްރީގެ ނަންބަރު : 4000419 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.