ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުން

 ގާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ މިދަންނަވާ މައުލޫމާތު އަޕްޑޭޓް ކުރަން ބޭނުންވެއެވެ.

  • ނޫސް މަޖައްލާގެ ނަން އަދި ޑޮމައިން:  

  • މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:

  • މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު:

  • މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު:

  • އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:

  • ނޫސް މަޖައްލާގެ އިދާރާގެ ނަން:

          ވީމާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ، މަތީގައިވާ މައުލޫމާތު، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  media@youth.gov.mv އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް