މިނިސްޓްރީ އަށް ބޭނުންވާ އައި.ޓީ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީހިސާބުބޭނުންވެއްޖެ:

މިނިސްޓްރީ އަށް ބޭނުންވާ އައި.ޓީ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑަށް ރެޖިސްޓްރީ ކުރުމަށް bid@youth.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ބިޑަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުން:

ތާރީޚް: 29 އޭޕްރިލް 2024

ދުވަސް: ހޯމަ

ގަޑި: 11:00

ތަން: މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޯމޭޝަން އެންޑް އާޓްސް

(ސޯޝަލް ސެންޓަރު)

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް