މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނޭ ފެސިލިޓޭޓަރުން ހޯދުމަށް ފުރުޞަތު ހުޅުވާލުން
މި މިނިސްޓްރީން ހިންގާ ޕްރޮގްރާމްތަކުގައި އެކި ދާއިރާތަކުން ނަގައިދޭ ސެޝަންތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނޭ ފެސިލިޓޭޓަރުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ، މިޕޫލުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ފެސިލިޓޭޓާރސް ބޭނުންވާ
ދާއިރާތަކާއި، އުޖޫރައާއި، ޝަރުޠުތައް
ދާއިރާތައް:
1. ވިޔަފާރިއާއި އިޤްތިޞާދު
2. ހެލްތު
3. ލައިފް ސްކިލް
4. ޑިޖިޓަލް ސްކިލް
5. ސައިބަރ ސެކިއުރިޓީ
6. ފައިނޭންޝަލް ލިޓްރެސީ
7. ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ
8. ސީ.ވީ ލިޔަން ދަސްކޮށްދިނުން
9. އިންޓަވިއުއަށް ތައްޔާރުކޮށްދިނުން
10. ކެރިއަރ ޕްލޭނިންގ
11. ލީޑަރޝިޕް ސްކިލްސް
12. ވޮލަންޓިއަރިޒަމް
13. މޯޓިވޭޝަން
14. ވާރކް އެތިކްސް
15. ކަސްޓަމަރ ސަރވިސް
16. ކެރިއަރ ގައިޑެންސް
17. ސައިން ލެންގުއޭޖް
18. ސައިކޮލޮޖިކަލް ފަރސްޓް އެއިޑް
19. ލައިފް ސްކިލް ޓްރެއިނާސް
20. ޕިއާ އެޑިއުކޭޓާސް
21. ހެލްތު ޕްރޮފެޝަނަލްސް
22. ޑައިވިން އަދި ސްނޯކްލިންގް ސްކިލްސް
23. ޕްރޮޖެކްޓް ފައިނެންޝިއަލް މެނޭޖްމަންޓް
24. ބިޒްނަސް ސްޓްރެޓަޖީ އެންޑް އެންޓްރަޕްރިނާޝިޕް
25. ޕްރޮޖެކްޓް ޕްރޮޕޯސަލް ރައިޓިންގ
26. ގުޑް ގަވާނަންސް
27. ސިވިކް އެޑިއުކޭޝަން
28. އެހެނިހެން
މުއްދަތު
މީލާދީ 2 އަހަރު
އުޖޫރައަދިޝަރުޠު(60މިނިޓްގެކޮންމެގަޑިއަކަށް)
-/500 ރުފިޔާ
ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވުން
-/450 ރުފިޔާ
ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
-/350 ރުފިޔާ
ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
-/250 ރުފިޔާ
ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއިއެކު 3 އަހަރު ދުވަހުގެ ތަޢުލީމީ ތަޖުރިބާ ލިބިފައިވުން
ސިޓީއާއިއެކުހުށަހަޅަންޖެހޭތަކެތި
ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ ( ކިޔަވައިދޭން ބޭނުންވާ ދާއިރާތައް ސިޓީގައި ބަޔާންކުރަންވާނެއެވެ.)
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ
މަސައްކަތު ތަޖުރިބާގެ ލިޔުންތައް
އިތުރުމަޢުލޫމާތު
- ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ނަންބަރު 4000567ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.
ސުންގަޑި:
ޕޫލްއަށް އެޕްލައި ކުރައްވަން ބޭނުންފުޅުވާނަމަ 29 ޑިސެންބަރު 2024 އިން ފެށިގެން https://docs.google.com/forms/d/e/1FAIpQLSfkLM9TI-3CH5ybl-8tNHQDGERhSTdFDEJrCNvjvgFPHB_XQQ/viewform?usp=pp_url
ގޫގުލް ފޯމް ފުރުއްވުން އެދެމެވެ. އަދި ހުރިހާ ލިޔެކިޔުންތައް ތިރީގައިވާ އީމެއިލް އެޑްރެސްއަށް ޕީޑީއެފްކޮށް މެއިލްކޮށްދެއްވުން އެދެމެވެ.
އީމެއިލްއެޑްރެސް
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް