ރީޖަނަލް ޔޫތު ޕާލިމަންޓް އޮން ކްލައިމެޓް އެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލުން

ރީޖަނަލް ޔޫތު ޕާލަމެންޓް އޮން ކްލައިމެޓް އެކްޝަން (އާރްވައިޕީސީއޭ) އަކީ ޔޫތު އެމްޕަވަރމަންޓް އޮން ކްލައިމެޓް އެކްޝަން ޕްލެޓްފޯމް (ޔެކެޕް) ގެ އިސްނެގުމާއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ޒުވާން ލީޑަރުންގެ ހަކަތައާއި، އުފެއްދުންތެރިކަމާއި، ތަފާތުކަމާއި، ޝައުގުވެރިކަމުގެ ބޭނުންހިފައި ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މޫސުމީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމެވެ. އާރްވައިޕީސީއޭ އިން މަސައްކަތް ކުރަނީ މި ލީޑަރުންނަށް ހަރުދަނާ ޕްލެޓްފޯމެއް ހޯދައިދީ، ހާއްސަކޮށް ނެޝަނަލް އެޑަޕްޓޭޝަން ޕްލޭންސް (އެންއޭޕީ) އަދި ނޭޝަނަލް ޑިޓަމިނޭޓެޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ފަދަ އަންޑަ ރެޕްރެޒެންޓޭޓިވް ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. މި ޕްރޮގްރާމަކީ ހަރުދަނާ ލޮބިން ޓެކްނޮލޮޖީތަކާއި މޫސުމާ ބެހޭ ސިޔާސަތުގެ އުއްމީދީ ސްޓްރެޓެޖީތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ޕީއާ-ޓު-ޕީއާ އެކްސްޗޭންޖްތައް ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އާރް.ވައި.ޕީ.ސީ.އޭ.ގެ އަމާޒަކީ، ސަރުކާރުގެ އެކި ދާއިރާތަކާއި ޤާނޫނީ ދާއިރާތަކުގެ މެންބަރުން ހިމެނުމެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ މަޖިލީސްތަކާއި، ގައުމީ އަދި ސަބްނޭޝަނަލް ޔޫތު ޕާލަމެންޓްތަކާއި، ޔޫތު ކައުންސިލްތަކާއި، މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިފައިވާ ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތައް ހިމެނެއެވެ. މޫސުމާ ގުޅޭ ޤާނޫނާއި ސިޔާސަތުގެ ލިޔެކިޔުންތަކަށް ސީދާ ނުފޫޒު ފޯރުވައި، އެ ޤައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސިޔާސަތުގެ ލިޔުންތަކަށް ނުފޫޒު ފޯރުވުމުގެ ސާބިތު ޓްރެކް ރެކޯޑެއް މެންބަރުން ދައްކަން ޖެހެ އެވެ.

ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް:

  • - އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.

  • - އިނގިރޭސި ބަހަށް އަހުލުވެރިވުން (ވާހަކަ ދެއްކުމާއި ލިޔުމުގެ ޕްރޮފެޝަނަލް ވޯކިން ގްރެފިޝަން).

  • - މިހާރު އެބޭފުޅެއްގެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާއި، ސްޓޭޓް އެސެމްބްލީގެ މެމްބަރެއްގެ ގޮތުގައި، ނުވަތަ ސަރުކާރުގެ އިދާރާ؛ މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުން. ޤައުމީ ނުވަތަ ސަބްނޭޝަނަލް ޒުވާނުންގެ މަޖިލިސްތަކާއި، ޒުވާނުންގެ ކައުންސިލްތަކުގައި ބައިވެރިވުން ނުވަތަ އެމީހެއްގެ ޤައުމުގެ ކޮންމެވެސް ފެންވަރެއްގައި ސަރުކާރުގެ އިދާރާތަކާއެކު ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތަކުގައި ބައިވެރިވުން.

  • - މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔުންތައް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެކުލަވާލުމުގައި ލަފާދިނުމާއި، އެފަދަ މަސައްކަތްތަކުގައި ބައިވެރިވެއުޅުން.

  • - އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ފަރާތްތަކާއި، ގެދޮރު ގެއްލިފައިވާ ފަރާތްތަކާއި ނުވަތަ ބިދޭސީ މުޖުތަމައުތަކުގެ ފަރާތްތަކާއި، ރަށްފުށުގެ (އާބަން ނޫން) ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މައިނޯރިޓީ ކޮމިއުނިޓީތަކަށް ނިސްބަތްވާ ކޮންމެ ޒުވާނަކުވެސް ބައިވެރިވުމަށް ވަރަށް ބޮޑަށް ހިތްވަރު ދެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި ލިންކް: https://www.surveymonkey.com/r/RYPCA މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތު މި ލިންކުން https://www.yecap-ap.org/rypca ލިބޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓް:އެޕްލިކޭޝަންގެހުރިހާކަމެއްބަލަހައްޓާނީޔޫތުއެމްޕަވަރމަންޓްއޮންކްލައިމެޓްއެކްޝަންޕްލެޓްފޯމް(ޔެކެޕް)އިންނެވެ.

 

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް