ވޯކްޝޮޕަށް ބައިވެރިން ހޯދުން

މި މިނިސްޓްރީގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ބާރުވެރިކުރުވުމުގެ ގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ، މަދަނީ ޖަމްޢިއްޔާތަކަށް ޚާއްސަކޮށް ”ސްޓްރެޓެޖިކް މެނޭޖްމަންޓް ވޯރކްޝޮޕް"އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަދަނީ ޖަމްޢިއްޔާއަކުން 01 ބޭފުޅަކަށެވެ.

ވީމާ، މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު

04 ޖޫން 2024 އިން 05 ޖޫން 2024 އަށް

ސުންގަޑި:

ވޯކްޝޮޕްގައި ބައިވެރިވުމަށް އެދި އެޕްލައި ކުރައްވަން ބޭނުންފުޅުވާނަމަ 30 މެއި 2024 ގެ 13:00 ގެ ކުރިން https://forms.gle/ndT7tDDPjmgsdT616  ގޫގުލް ފޯމް ފުރުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު

 ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ނަންބަރު 4000479 ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. cso@youth.gov.mv

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް