މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ހަރަކާތްތައް  ހިންގުމަށެވެ.

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކާއި އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާނެއެވެ.  

ގްރާންޓްގެނަން:

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ  މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުން

އެހީގެފައިސާދެވޭމިންވަރު: އެހީގެ ގޮތުގައި ދެވޭނީ ގިނަވެގެން 300،000.00 (ތިން ލައްކަ ރުފިޔާ) ރުފިޔާއެވެ.

 

ސުންގަޑި:04ޖުލައި2024ވަނަދުވަހުގެ13:00ގެނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: csogrant@youth.gov.mv އީމެއިލް މެދުވެރިކޮށެވެ.

ނޯޓް: ޕްރޮޕޯސަލް އީމެއިލް ހުށަހެޅުމުން، އީމެއިލްކުރި ފަރާތައް މިނިސްޓްރީގެ އީމެއިލުން ރިޕްލައި އީމެއިލްއެއް ލިބޭނެއެވެ. މިރިޕްލައި

ނުލިބޭކަމުގައިވަނީ ނަމަ ސުންގަޑި ހަމަވުމުގެ ކުރިން އަލުން ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.

 ފޯމާއިއެކުހުށަހަޅަންޖެހޭތަކެތި:

- ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ