މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލުން

މޯލްޑިވްސްމީޑިއާކައުންސިލުގެއާންމުމެންބަރުކަމަށްކުރިމަތިލުމަށްއަލުންހުޅުވާލުން

ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މީޑިއާ ކައުންސިލްގެ ހުސްވެފައިވާ އާންމު މެންބަރުގެ މަޤާމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ބޭފުޅުންގެތެރެއިން އެއްބޭފުޅަކު އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމަވާފައިވުމުން، އިންތިޚާބު ބޭއްވޭވަރަށް ކެންޑިޑޭޓުން ނެތުމުގެ ސަބަބުން، ކުރިންކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު (IUL)493-HR/493/2024/27 އިޢުލާން ބާތިލްކޮށް އަލުން އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާން ކުރީމެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދާ ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އާންމު މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް ސެލެކްޓް ކުރުމުގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.

  • ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ  ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢްލީމު ޙާޞިލްކޮށްފައިވުން.

  • އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮ ކަން (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން.

ވީމާ، މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި :(އައިޑެންޓިޓީކާޑުގެކޮޕީ،ތަޢުލީމީފެންވަރުއަންގައިދޭލިޔުންތަކުގެކޮޕީ،ކުށުގެރެކޯޑް(މޯލްޑިވްސްޕޮލިސްސަރވިސްއަދިކޯޓުތަކުން)އާއިޕާސްޕޯޓްސައިޒްގެފޮޓޯ) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އީމެއިލް: info@youth.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް