މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކުރުން
މީޑިއާކައުންސިލް އިންތިޚާބުގައިވޯޓުލުމަށްރަޖިސްޓްރީވުމަށްއެދޭފޯމްއިސްލާހުކުރުމާއިގުޅޭ
މިމިނިސްޓްރީގެ ނަންބަރު (IUL)493-MR/493/2024/58 (17 އޭޕްރީލް 2024) އިޢުލާނުން މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކުރެވި، މިފޯމަށް ގެނެވިފައިވާ ބަދަލުތަކާއެކު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެވެ.
ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2024 އޭޕްރީލް 24،23،18، 25އަދި 28 މިދުވަސްތަކުގެ ހެނުދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.
އަދި ދަންނަވަމެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް، މިމިނިސްޓްރީ ގެ އިޢުލާނު ނަމްބަރ: (IUL)493-MR/493/2024/51 އިޢުލާނުން ވޯޓުލުމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން އަލުން ވޯޓުލުމަށް އެދި ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް