ތާރީޚީ ކާމިިޔާބެއް ހޯދި ޤައުމީ ބޮޑީބިލްޑިން ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި

18 ޑިސެމްބަރު 2022

13 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ތާރީޚީ ކާމިޔާބެއް ހޯދި ރާއްޖޭގެ ޤައުމީ ބޮޑީބިލްޑިން ޓީމަށް ހޫ މަރުޙަބާއެއް ކިޔައިފިއެވެ.
ތައިލެންޑްގައި މިމަހުގެ 8 އިން 11 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭން ވަނީ 6 މެޑަލް ހޯދާފައެވެ.
ރަން މެޑަލް ހިމެނޭ ގޮތަށް ޖުމްލަ 6 މެޑަލް ހޯދި ގައުމީ ބޮޑީބީލްޑިން ޓީމް މާލެ އައުމުން މަރުޙަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޔޫތު، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މުހައްމަދު އަޒުމީލް އާއި އަހުމަދު ފުއާދުއެވެ.
އަދި މީގެ އިތުރުން ޓީމަށް މަރުޙަބާ ކިއުމަށް ކުޅުންތެރިންގެ އާއިލާ މެމްބަރުން އިތުރުން އާންމުން ރައްޔިތުންވެސް ވަނީ އިއްޒުއްދީން ފާލަން ސަރަހައްދަށް ޖަމާވެފައެވެ.
ރާއްޖޭގެ ބޮޑީބީލްޑިން ޓީމުން ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ހޯދި ކަމިޔާބީތަކަށް ބަލާއިރު އަޒުނީން ރަޝާދު ވަނީ ރަން މެޑަލް ހޯދާފައެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
އަޒުނީންގެ އިތުުރުން ދެން މި މުބާރާތުން މެޑަލް ހޯދި އެތްލީޓުންނަކީ، މުހައްމަދު މޫސާ (ރިހި މެޑަލް)، މުހައްމަދު ޔާމީން (ލޯ މެޑަލް)، ޙުސައިން ހިމްޔާން (ލޯ މެޑަލް)، ޢަބްދުﷲ އަޙުސަން (ލޯ މެޑަލް) އަދި ފަތުޙުﷲ މުހައްމަދު (ލޯ މެޑަލް) އެވެ. މީގެ އިތުރުން މުހައްމަދު އިމްރާހް ވަނީ މި މުބާރާތުން 5 ވަނަ ހޯދާފައެވެ.
މިއީ ރާއްޖެއިން ބައިނަލްއަޤުވާމީ ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް އެންމެ ގިނަ މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.