އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ބޭއްވި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް ނިންމާލައިފި

22 ޖެނުއަރީ 2023

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ބޭއްވި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް ނިންމާލައިފިއެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށްގެންދާ މި ކޯސް ކުރިޔަށް ގެންދިޔައީ ޖަނަވަރީ މަހުގެ 10 ން 19 ޖަނަވަރީގެ ނިޔަލަށް މާލޭ ސިޓީގައެވެ. މި ކޯސް ކުރިޔަށްގެންދިޔައީ 13 އަންހެން ބައިވެރިންނާއި، 9 ފިރިހެން ބައިވެރިންނާއެކު ޖުމްލަ 22 ބައިވެރިންނާއެކުއެވެ.
9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވިގެން ދިޔައެވެ. މި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައެވެ.
ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. 
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ ހޭންޑްބޯލް ކޯޗިންގެ ތަޖުރިބާކާރު 2 ކޯޗުންކަމުގައިވާ  އިބްރާހިމް ހައިޝަމް އަބްދު ﷲ އަދި އިބްރާހިމް ރަޝީދެވެ.