ސްޕޯޓްސް ޑިޕާޓްމަންޓް

މަސައްކަތް

 • ކްލަބް ޖަމްޢިއްޔާ އަދި ކައުސިލްތަކަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުން. 
 • ކްލަބް،ޖަމްޢިއްޔާ އަދި ކައުސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން.
 • މިނިސްޓްރީގެ ދަށުގައިވާ ފުޓްސަލް ދަނޑުތައް ބަލަހައްޓައި ޤާވާޢިދާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތް ފޯރުކޮށްދިނުން.
 • ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެ މަޖިލީހުގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން.
 • މިނިސްޓްރީގެ ބަޖެޓުން ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އާއި ފޯރޮކޮށްދެވޭ އެހީގެކަންތައް އެސޯސިއޭޝަން ތަކުން ކުރިއަށްގެންދާގޮތް ބެލުން.
 • މިނިސްޓްރީގެ ބަޖެޓުން ޤައުމީ ކުޅިވަރު ކުޅުންތެރިންނަށް މުސާރަދިނުން.
 • ފުރަތަމަ އަދި ދެވަނަ ޑިވިޝަންގެ ޓީމްތަކުގެ ކޯޗުންނަށް އެލަވަންސް ފައިސާ ފޯރުކޮށްދިނުން.
 • ޒޯން ސްޓޭޑިއަމްތައް ބެލެހެއްޓުން.
 • ފުޓްބޯޅަ މުބާރާތްތަކަށް ރަސްމީ ދަނޑާއި ހެންވޭރު ދަނޑުގެ އެންމެހާ ކަންތައް ކުރުން.
 • މާލޭގައި ހުންނަ ސަރުކާރު ސްކޫލްތަކާއި ގިނަ އަމިއްލަ ސްކޫލްތަކުން އިންތިޒާމްކުރައްވާ ހަރަކާތްތަކުގައި އެއްވެސް އަގަކާނުލައި ދަނޑުދިނުން.
 • ޔޫތު އެކަމޮޑޭޝަން ބްލޮކް ބެލެހެއްޓުން.
 • ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅިވަރު ކުޅޭފަރާތްތަކާއި ޒުވާނުން، އަދި އާންމު ފަރާތްތަކަށް އެކަށީގެންވާގޮތެގައި ކޮމްޕްލެކްސް ތެރޭގައިހުރި ވަޞީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެފާރަތަކަށް ކޮމްޕްލެކްސްއިން ފޯރުކޮށްދެވެންއޮތް އެހީތެރިކަމެއް އޮންނަ އުޞޫލާއެއްގޮތަށް ފޯރުކޮށްދިނުން.