ކޮމިއުނިޓީ އެމްޕަވަރމަންޓް

މަސައްކަތް

  • ޤާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ލިބިދޭ ޖަމްޢިއްޔާ، ޖަމާޢަތް އަދި ކްލަބުފަދަ ތަންތަން ރަޖިސްޓަރީކޮށްދީ ހިންގުމުގެ ފުރުޞަތު ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ތަނަވަސްކޮށްދިނުން.
  • ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޖަމްޢިއްޔާގެ ހިންގާކޮމިޓީތައް ރަޖިސްޓަރީކުރުން.
  • ނިޝާން، ދިދަ އަދި މޮޓޯ ފާސްކުރުން.
  • އަހަރު ރިޕޯޓާއި އަހަރީ ހިސާބުގެ މަޢުލޫމާތު ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ ޤަވާޢިދާ އެއްގޮތަށްތޯ ބަލައި އަހަރު ރިޕޯޓާއި އަހަރީ ހިސާބު ބަލައިގަތުން.
  •  ޖަމްޢިއްޔާތަކުގެ ހިންގާ ޤަވާޢިދު ފާސްކުރުން.
  • ޖަމްޢިއްޔާތައް އުވާލަންޖެހޭ ހާލަތުގައި ޤަވާޢިދާއެއްގޮތަށް އުވާލުން.
  • ޖަމްޢިއްޔާތްތައް ބާރުވެރިކުރުމުގެ ގޮތުން ޖަމްޢިއްތަކަށް ފައިސާގެ އެހީދިނުން
  • ޖަމާއަތުގެ ތަރައްޤީއަށް ޖަމްޢިއްޔާތަކުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަމްޢިއްޔާތަކަށް އެވޯޑުދިނުން
  • ޖަމްއިޔާތައް ބާރުވެރިކުރުމަށް އެހިތެރިވުމުގެ ގޮތުން ޖަމްޢިއްޔާތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން.