ޚަބަރު

Card image cap

ހަފްތާ ރެސް ހިންނަވަރުގައި ބާއްވަނީ

މި ހަފްތާގެ ހަފްތާ ރެސް ޅ. ހިންނަވަރުގައި ބޭއްވުމަށް ނިންމައިފިއެވެ. 

މިއީ މާލެ ސިޓީ ނޫން އެހެން ސަރަހައްދެއްގައި ހަފްތާ ރެސް ބާއްވާނެ ފުރަތަމަ ފަހަރެވެ. 

 06 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ހަފްތާރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރު ސްޓޭޖް ސަރައްހަދުގައެވެ.

ޅ. ހިންނަވަރު އިޖްތިމާއީ މަރުކަޒު ހުޅުވިފައި ހުންނަ ރަސްމީ ގަޑީގައި ހަފްތާރެސްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނެއެވެ. އިޖުތިމާޢީ މަރުކަޒު ހުޅުވިފައި ހުންނާނީ ހަވީރު 4:00-6:00 އަދި ރޭގަނޑު 8:00-11:00 އަށެވެ.