މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފަރާތުން "ލައިފް އޮފް އަ ޗެންޕިއަން" ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފި

04 މެއި 2018 - 13:05

ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ފަރާތުން 03 މެއި 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި "ލައިފް އޮފް އަ ޗެންޕިއަން"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ. ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުންނަށާއި އާންމުކޮށް މިވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބޭއްވި މި ވޯކްޝޮޕްގައި 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕަކީ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުން ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހިންގޭ "ތައްޔާރުވަމާ" ޕްރޮގްރާގެ ތެރެއިން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ދަސްކުރަންވީ އާދަތަކާއ،ި ނުރަގަޅު ނޭދެވޭ އާދަތައް ދޫކޮށްލާ ފައިދާހުރި އާދަތައް ހަރުލެއްވުމަށް ބޭނުންކުރެވިދާނެ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެެ. މީގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ ކާމިޔާބު ދިރިއުޅުމެއް ބިނާކުރާނެ ގޮތުގެ މަޢުލޫމާތު ބައިވެރިންނާއި ޙިއްސާކުރެވުނެވެ.