ޔޫތު މިނިސްޓްރީ އިން އިންތިޒާމްކޮށްގެން "އެންގަރ މެނޭޖްމަންޓް" ވޯރކްޝޮޕެއް ބާއްވާއިފި!

01 ފެބްރުއަރީ 2018 - 11:02

ޔޫތު މިނިސްޓްރީ އިން އިންތިޒާމްކޮށްގެން "އެންގަރ މެނޭޖްމަންޓް" ވޯރކްޝޮޕެއް ބާއްވާއިފިއެވެ.

"އެންގަރ މެނޭޖްމަންޓް" ނުވަތަ ރުޅި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒްކޮށްގެން ހިންގި މި ވޯރކް ޝޮޕަކީ ލައިފް ސްކިލްސް މާސްޓަރ ޓްރެއިނަރ ފިއުނާޒް ވަހީދުގެ އެހީތެރިކާމާއިއެކު ކުރިޔަށް ގެންދިޔަ ވޯރކްޝޮޕެކެވެ.

މާފަންނު ޒުވާނުންގެ މަރުކަޒުގައި ރޭ ކުރިޔަށް ދިޔަ މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ކޮންމެ މަހަކުވެސް "އެންގަރ މެނޭޖްމަންޓް" ގެ 2 ސެޝަން ބާއްވާ ގޮތަށް ޔޫތު މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކުރާ ޔޫތު ޗެލެންޖް 2018 މި މަހުގެ 8 އިން 10 އަށް ދަރުބާރުގޭގައި ކުރިޔަށްދާނެއެވެ. އަދި ސްޕޯޓް ފޯރ އޯލް 2018 މި މަހުގެ 16 އިން 17 އަށް ލ.ގަން އަދި ފޮނަދޫގައި ބޭއެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.