މިނިސްޓަރ އިރުތިޝާމް އާދަމް ކ.ގުރައިދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި!

17 އޯގަސްޓް 2017 - 18:08

މިނިސްޓަރ އިރުތިޝާމް އާދަމް ކ.ގުރައިދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކ.ގުރައިދޫ ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާއިބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި ކ.ގުރައިދޫ ކައުންސިލް މެމްބަރުން ވިދާޅުވިގޮތުގައި ދާދިފަހުން އެރަށުގައި ހުޅުވިގެންދިޔަ ފުޓްސަލް ދަނޑުގެ ސަބަބުން ޒުވާނުންވަނީ ވަރަށް ބޮޑަށް ކުޅިވަރުގެ ތެރެޔަށް އަހުލުވެރިވެފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ރިޒާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.