މިނިސްޓަރ އިރުތިޝާމް އާދަމް ކެލާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލީ އާރިފް އާއި ހއ.ވަށަފަރު ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި

23 އޭޕްރިލް 2017 - 00:04

? ? ? ? ? ? ? ? ? މިނިސްޓަރ އިރުތިޝާމް އާދަމް
ހއ.ކެލާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލީ އާރިފް އާއި ހއ.ވަށަފަރު ކައުންސިލް
މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

      ?           މިނިސްޓްރީ އޮފް ޔޫތު އެންޑް
ސްޕޯޓްސްގައި ބޭއްވުނު މިބައްދަލުވުމުގައި ހއ.ވަށަފަރުގެ މަޝްރޫޢުތަކާއި
ގުޅޭގޮތުން އެރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ޒާހިރު މިނިސްޓަރ
އިރުތިޝާމް އާއި މަޝްވަރާ ކުރެއްވިއެވެ. އަދި ވަށަފަރުގައި ގާއިމްކުރާ ކުޅިވަރު
ދަނޑުތައް އަވަސްކޮށްދެއްވުމާށާއި ޔޫތު ސެންޓަރަށް ބޭނުންވާ އިތުރު އިކުއިޕްމަންޓް
ހޯދުމާއި މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ބެހޭގޮތުންވެސް
ކައުންސިލްގެ ރައީސް މިނިސްޓަރ އިރުތިޝާމް އާއި މަޝްވަރާ ކުރެއްވިއެވެ.

                
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް
ވިދާޅުވީ ވަށަފަރު ދަނޑުގެ މަސައްކަތް އެމް.އާރު.ޑީ.ސީއާއި ހަވާލުކޮށްފައިވާއިރު
މިހާރު މި ޕްރޮޖެކްޓުގެ
ސްޓޭޓަސް ރިޕޯޓް އެބައޮތް ކަމާށާއި ކުރަމުންދާ މަސައްކަތް ވީހާވެސް ބޮޑަށް
އަވަސްކޮށް ދިނުމާއިމެދު އެމް.އާރު.ޑީ.ސީ އާއި މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި
ޔޫތު ސެންޓަރަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށްޓައި އޯޑަރ ކުރައްވާފައިވާކަމަށާއި
އެއީ ގިނަ ދުވަހަށް ބޭނުންކުރެވޭނެ ފަދަ ތަކެތި ކަމުން އެއިން ޒުވާނުންނަށް
ވަރަށްބޮޑު ފައިދާއަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.

       ?         މިނިސްޓަރ އިރުތިޝާމް އާދަމް އިތުރަށް
ވާހަކަފުޅުދައްކަވަމުން ވިދާޅުވީ
ޓްރެއިނިންގް ޕްރްގްރާމްތަކާއި ކޯސްތައް އަތޮޅުތަކުގެ ޔޫތު ސެންޓަރުގައި
މަސައްކަތް ކުރާ މުވައްޒަފުންނަށް ނަގައިދިނުމުގެ ގޮތުން މިއަހަރަށްވެސް
ޕްލޭންކޮށްފައި އެބައޮތް ކަމަށާއި އަދި މިޕްލޭންތައް ކުރިއަށް ގެންދަވަން ނިންމާފައިވާ
ކަމަށެވެ.
 

23
އެޕްރީލް 2017