މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޖަމިއްޔާތައް

ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމާއި ބެލެހެއްޓުން


ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގައި ދައުލަތަށް ދީފައިވާ އެންމެހާ މަސްއޫލިއްޔަތުތައް އަދާކޮށް، ވިލަރެސްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާއިއެވެ. މީގެތެރެއިން ގިނަ މަސައްކަތްތަކެއް އަމަލީގޮތުން ކުރިއަށް ގެންދަނީ އެން.ޖީ.އޯ ރެޖިސްޓްރޭޝަން އެންޑް މޮނީޓަރިންގ ޔުނިޓުންނެވެ. މައިގަނޑުގޮތެއްގައި ތިރީގައިވާ މަސައްކަތްތައް މި ސެކްޝަނުން ކުރިއަށް ގެންދެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ޖަމްއިއްޔާތަކުގެ ރެޖިސްޓްރާރގެ އިރުޝާދާއި ނިންމުންތަކާއި އެއްގޮތަށެވެ.



-ޖަމްޢިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގައި އަންނަ ފިޔަވަހިތައް


ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށް ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ޖަމްޢިއްޔާއެއް ހަރުދަނާކޮށް ހިންގާއިރު ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (2003/1) ގައިވާ ގޮތަށް ލިޔެކިޔުންތައް ބަލަހައްޓާ، މިމިނިސްޓްރީއަށް ފޮނުވުން ވެގެންދަނީ ނުހަނު ބުރަ ކަމަކަށެވެ. ތިރީގައިވާ ކުރެހުމުން ދައްކުވައިދެނީ ޖަމްޢިއްޔާއެއް ރެޖިސްޓްރީކޮށް ހިންގުމުގައި އަންނަ މައިގަނޑު ފިޔަވަހިތަކެވެ. އަދި މިއިން ކޮންމެ ފިޔަވައްސެއްގައި ކުރަން ހުންނަ މައިގަނޑު ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.


 


ޖައްޢިއްޔާތައް ރަޖިސްޓަރީކޮށް، ދަފްތަރު ބެލެހެއްޓުން


• އަލަށް އުފައްދަން ހުށަހަޅާ ޖަމްއިއްޔާތަކަށް ރަޖޮސްޓަރީކުރުމާބެހޭ މަޢުލޫމާތު ފޯރުކޮށްދީ، ލިޔެކިޔުންތައް ބަލައިގަތުން
• އަލަށް އުފައްދާ ޖަމްޢިއްޔާތަކަށް ރަޖިސްޓަރީ ސެޓްފިކެޓް ހަދާ ހަވާލުކުރުން.
• ރަޖިސްޓަރީ ކުރުމަށްފަހު ދެން ކުރަންޖެހޭ ކަންކަމާއިބެހޭ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން.
ޤާނޫނާއި ޤަވާއިދުގައިވާ ގޮތަށް ޖަމްއިއްޔާތަކުގެ ހިންގުން ބައްޓަންކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް
• ޖަމްޢިއްޔާތަކުގެ ހިންގާ ޤަވާއިދު ވަނީ ޤާނޫނާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
• ޖަމްއިއްޔާތަކުގެ ހިންގާ ކޮމިޓީ ހޮވާ ގޮތް ބަލާ، ފާސްކުރުން.
• ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓު ބަލައިގަތުމާއި، ދިގު މުއްދަތަކަށް ހަރަކާތްތެރި ނުވާ ޖަމްޢިއްޔާތައް ފާހަގަކޮށް، އެމަޢުލޫމާތު ރަޖިސްޓްރާރއަށް ފޯރުކޮށްދިނުން.
• ބަޖެޓް ތަންދޭ މިންވަރަކުން ޖަމްޢިއްޔާތަކުގެ ހިންގުން ކުރިއެރުވުމަށް ތަމްރީނު ޕްރޮގްރާމާއި ފޯރަމްތައް ހިންގުން.


 


-ޖަމްޢިއްޔާއެއް ރަޖިސްޓްރީކުރުން


ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށް ވިސްނަވާނަމަ، ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން މުހިންމެވެ.
• ޖަމްޢިއްޔާ އުފެއްދުމުގެ މައިގަނޑު އަމާޒަކީ ކޮބައިތޯ؟ ޖަމްޢިއްޔާގެ މަޤްޞަދުތަކުން މިކަން ހާސިލުވޭތޯ؟
• ތިޔަ ޖަމްޢިއްޔާއިން މަސައްކަތްކުރަން ނިންމާފައިވާ ދާއިރާގައި ހަރަކާތްތެރިވާ އެހެން ޖަމްޢިއްޔާތައް ތިޔަ ރަށުގައި ހަރަކާތްތެރި ވޭތޯ؟ އެ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކާ ފުށުނާރާގޮތަކަށް މަސައްކަތްތައް ރާވާލުމަށް ވިސްނާފައިވޭތޯ؟
• ޖަމްޢިއްޔާއަށް ކިޔާނެ ނަމެއް ނިންމަވައިފިންތޯ؟ އެއީ ތިޔަ ޖަމްޢިއްޔާގެ އަމާޒާއި މަޤްޞަދުތަކާއި ގުޅުންހުރި ނަމެއްތޯ؟