މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރު ކުރުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، އެއް މެންބަރަކު (އެކެއް) ހޮވުމަށް ބޭނުންވެއެވެ. އެއީ އާންމު 1 (އެކެއް) މެންބަރެކެވެ.  އާންމު މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމުގެ މުއްދަތުރު އިތުރުކުރަމެވެ. އަދި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެވެ.

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2024 އޭޕްރީލް 29، 30 އަދި 2 މޭ، 5 މޭ،  މިދުވަސްތަކުގެ ހެނުދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.     

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް